Pages

Tuesday, February 7, 2012

Congratulations Mr. President!




މަރުޙަބާ ރަޢީސް މުޙައްމަދު ނަޝީދު!



އަޅުގަނޑުމެންގެ ދިވެހިރާއްޖެ އަކީ، އަޅުގަނޑުމެންގެ އެންމެ ލޯބިވާ މައިވަންތަ ޤަޢުމެވެ. ޤަޢުމިއްޔަތުގެ ގޮވާލުމަށް، އެޤަޢުމުގެ ދަރީން މިއަދު އިޖާބަ ދީފިއެވެ. ދިވެހިރާއްޖޭގައި، ބައިނަލް ޢަޤުވާމީ ދީމިޤްރާތީ ނިޒާމަކުން އިންތިޚާބުކުރެވުނު ފުރަތަމަ ސަރުކާރު ރައްޔިތުން ނިކުމެ، ވައްޓާލައިފިއެވެ. ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއިއެކުގައެވެ.

ދިވެހިރާއްޖޭގެ ރަޢީސުލްޖުމުހޫރިއްޔާކަމުގެ މަޤާމަށް، ދިވެހީން މުޙައްމަދު ނަޝީދު އިންތިޚާބުކުރީ، ވަރަށް ފޮނު އުންމީދުތަކަކާއި އެކުގައެވެ. ފެހި ޤާނޫނުއަސާސީން ދިވެހީންނަށް ލިބުނު ފޮނި މީރުކަން، މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރަނގަޅަށް އިޙުސާސްވާނެ ކަމުގެ އުންމީދާއެކުގައެވެ. ރަޢީސް ނަޝީދު ކުރެއްވި އެތައް ކަމަކުން ޤާނޫނު އަސާސީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބުނެވެ. އެކަމަކު، ގިނަ ކަންކަމުގެ ސަބަބުން ރައްޔިތުން ދިޔައީ ނިކަމެތި ވަމުންނެވެ. މަތިބަރު ސަރުކާރަކާއި، ބޭކާރު ޚަރަދު ތަކެއްގެ ސަބަބުން، ރައްޔިތުންގެ ނިކަމެތިވެ، ޤާނޫނުއަސާސީގައި ރައްޔިތުންނަށް، ކަށަވަރު ކޮށްދީފައިވާ ހަމަހަމަކަމުގެ ޙައްޤާއި މެދު ރައްޔިތުންގެ މެދުގައި ޝައްކުއުފެދުމުގެ ނަތީޖާއަކަށްވީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން، މުޙައްމަދު ނަޝީދުގެ ވެރިކަމަށް ތަޢީދުކުރި ފަރާތްތަކުގެ ޢަދަދު މަދުވަމުން ދިޔުމެވެ. ނަމަވެސް، ރަޢީސް ނަޝީދުގެ ޢަމަލުފުޅުތަކާއި، ރަޢީސް ނަޝީދުގެ އަރިހުގެ ބޭކަލުންގެ ސަބަބުން، އެމަނިކުފާނަށް، މިކަން ފެނުނުކަމަކަށް ނުވިއެވެ.

މިއަދު، 2012 ވަނައަހަރު ފެބްރުއަރީ މަހުގެ 07 ވަނަދުވަހު، މިފެނިގެންދިޔައީ، ރަޢީސް ނަޝީދުގެ އޯވަރ ކޮންފިޑެންސްގެ ނަތީޖާއެވެ. މިއީ ބިރުދައްކައިގެން، ނުވަތަ ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބައިގެން، ވެރިކަން ނުކުރެވޭނެކަން ދުނިޔެއަށް އަލުން ކަށަވަރުކޮށްދިން، ހިތާމަވެރި ހާދިސާއެކެވެ. ރަޢީސް ނަޝީދުގެ އަމުރުފުޅަށް، ސިފައިންނާއި ފުލުހުން 20 ރޭ، 20 ދުވާ، ޤާނޫނާއި ޚިލާފުވުމަށްފަހު، މިދުވަހު ރަޢީސް ނަޝީދާއި ދެކޮޅުވުން ވެގެން ދިޔައީ، އެމަނިކުފާނުގެ ކުރު، އެހެނަސް، މުއްސަނދި ވެރިކަން ނިމުންކަމުގައެވެ.

އާދެ! ދިވެހީން ނިކުމެ ވެރިކަމެއް ވައްޓާލައިފިއެވެ. ދިވެހީންގެ އެތައްބަޔަކު، ނަޝީދަކީ، ޚުދުމުޚުތާރު ވެރިއެއްކަމަށް ބުނަމުން އެބަ ދެއެވެ. ދިވެހީންގެ ޖުމުހޫރީ މައިދާނުގައި، ދިވެހީންގެ ޖުމުހޫރިއްޔާގެ ދިދައިގެ ހިޔާ ދަށުގައި، ދިވެހީންގެ ލޮބުވެތި ސިފައިންނާއި ފުލުހުންނާއިއެކު، އައު ދުވަސްތަކަކަށް ދިވެހިން ފާލު ބަލައިފިއެވެ. އެދުވަސްތައް ފާގަތިކަމަށް ދައްކައެވެ.

ދިވެހީންކުރީންވެސް ރެކޯޑު ހެދިއެވެ. އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމުގެ 30 އަހަރުގެ "ޚުދުމުޚުތާރު" ވެރިކަން ނިމިގެން ދިޔައީ، ނުހަނު ސުލްޙަވެރިކަމާއިއެކުގައެވެ. އެފަހުން، ވެރިކަން ލިބުނު އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަން މިނިމިގެން ދިޔައީ މަދު ހަމަނުޖެހުންތަކާއި އެކު ސުލްޙަވެރިކަމާއެކުގައެވެ. ދިވެހީން ނިކުމެ އެމަނިކުފާނުގެ ވެރިކަން ވައްޓާލިއިރު، އެމަނިކުފާނު އިސްތިޢުފާ ދެއްވަން ވަޑައިގަތީ، ހަމަ އެރައްޔިތުންގެ ޙިމާޔަތުގައެވެ. އެއީ ދިވެހީން ފަޚުރުވެރިވާން ޖެހޭނެކަމެކެވެ. މަޢުމޫނަށް، އެމް.ޑީ.ޕީން ނުވަތަ މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކަންކަން ކުރިގޮތަށް މުޙައްމަދު ނަޝީދާއިމެދު ޢަމަލުކޮށްގެން ނުވާނެއެވެ. ރަޢީސް ނަޝީދުވެސް، ރައްޔިތުންނަށް ޚިދުމަތް ކުރިއެވެ. ޤަޢުމަށް ފައިދާ ހޯއްދަވައިދެއްވިއެވެ. އެކަން ހަނދާނައްތާ ނުލެއްވުމަކީ އަޅުގަނޑު އިލްތިމާސްއެވެ. އަޅުގަނޑު އެދެނީ، ދިވެހި ޖުމުޙޫރިއްޔާއަށް ފާގަތި މުޞްތަޤްބަލަކަށެވެ. ރަޢީސް މުޙައްމަދު ނަޝީދަށް، ސުލްޙަވެރިކަމާއި، ހެޔޮ ސިއްޙަތާއި އުފާވެރި ދުވަސްތަކަކަށެވެ. ދިވެހި ޤަޢުމުގައި ދިވެހީންނާއެކުގައެވެ.



2 comments:

  1. insafuveri liyumeh kamah feney , ehen namaves alhugandu dhekey gothuga , Nasheedh ge verikan nimumakah ai emme bodu sababakee, fuluhunnai sifainge bayeh gulhigen hingi bagavai. mihaaru hingamundhaa kanthakun adhives Nasheedh ah rayyithunge furihama thaa'eedh ebaoi kamah alhugandu gaboolu kuran.

    ReplyDelete
    Replies
    1. Varah ves Insaafu Veri Liyumeh. Haqeeqee thedhu. Mi verikan nimigen edhiyaee Baghaavaathakun kamah Buneveyne evves Aqly dhaleeleh nugeneveyne. Dhenves verikan beynun fulhu nama Inthikhaabakun "kurinves" kaamiyaab kuri fadhan in kaamiyaab kuravvaa..! Dhivehi Fuluhunnaa sifain bolugai Bodethi Ilzaam elhuvun Huttaa lavvaa...! Manikfaan dhen vadaigathas manikfaan arihuga thibbavaany hama e beykalun

      Delete